ދުނިޔޭގެ ގިނަ ބަޔަކު ބޭނުންކުރާ މީސްމީޑިއާ ޕްލެޓްފޯރމް އެއް ކަމަށްވާ ޓްވިޓަރގެ ލޯގޯ އާދިއްތަ ދުވަހު ބަދަލުވާނެ ކަމަށް އެކުންފުނީގެ ބާނީ އީލަން މަސްކް ބުނެފިއެވެ.
ޓްވިޓަރ ގައި މިހާރު ބެނުންކުރާ ލޯގޯ އަކީ ނޫ ކުލައިގެ ދޫންޏެކެވެ. ނަމަވެސް ދޫނި އުދުއްސާލުމަށް ފަހު "އެކްސް" އަކުރެެއް އައު ލޯގޯގެ ގޮތުގައި ފަރުމާ ކުރުމަށްފަހު ބޭނުން ކުރާނެ ކަމަށް އީލަން ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްފައެވެ.