ޑރ. މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފި އެވެ.
ޑރ. މުއިއްޒު އަކީ ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ.
ތޮލާލް އަކީ ޕީޕީއެމްގެ އިދާރީ މަސައްްކަތްތަކުގައި އިސްކޮށް އުޅުއްވާތާ އެތައް އަހަރެއްވީ ބޭފުޅެކެވެ.