މިފަހަރު ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެ ޑރ. މުއިއްޒު އަށް ތާއީދު އޮތްކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ، ޑރ. މުއިއްޒު އަކީ ހެޔި ވެރިކަމެއް ކޮށްދެއްވޭނެ ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޑރ. މުއިއްޒު އަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ.
ޑރ. އަލީ ޒާހިރަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންކަން ކުރައްވާފައިވާ ބޭފުޅެކެވެ.