ހުޅުމާލޭގައި ސިމްޑީގެ ފިހާރައެއް ހުޅުވައިފިއެވެ.
ހުޅުމާލެ 1 ގެ ރީތިގަސް މަގުގައި ހުންނަ "ސިމްޑީ ރެކްރިއާ" ފިހާރަ ހުޅުއްވައި ދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދެވެ.
ސިމްޑީ އިން ބުނީ، ހުޅުމާލޭގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް ސިމްޑީގެ ގިނަ ޕްރޮޑަކްޓުތަކެއް އެއް ތަނަކުން ފަސޭހައިން ގަނެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.