ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއި ކުރައްވައިފި އެވެ.
ޑރ. ވަހީދާއި ޑރ. ޝައިނީ ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަށް އދ. މާމިގިލީގައި ރޭ ބޭއްވި ޖޭޕީގެ ޖަލްސާއެއްގަ އެވެ.
ޑރ. ވަހީދާއި ޑރ. ޝައިނީ އަކީ މީގެ ކުރިން ޕީޕީ އެމް ގައި ހުންނެވި ދެ ބޭފުޅުންނެވެ.