ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދާނެ ކަމަށް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ހދ.ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. މުއިއްޒު އަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ.