ހުލުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ނިޔާވެފައިވަނީ ބ. ތުޅާދޫ ބޯދި އުމުރުން 55 އަހަރުގެ އިސްމާއީލް އަބޫބަކުރު ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވެ އެމެޖެންސީއަށް ބަދަލުކޮށް ފަަރުވާދެމުން ދަނިކޮށް އޭނާ މަރުވީ އިއްޔެގެ މެންދުރުފަހު 3:25 ހާއިރު އެވެ.