ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ޚިދުމަށް ދެން އެންމެ އަވަހަށް ފެށިގެންދާނީ ނ. އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިއަދު ނ. ޅޮއްސަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅުގެ ރަށްތަައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލާނެ ކަމަށެވެ.
އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅުގަ އެވެ.